ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޭޕާލް މީހާއަށް ހަމަލާދިން ޖަހަންގިރު ޝަރީއަތް ނިމެންދެން ބަންދަށް

Mal
STO_Ads

ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމުގެ މަޢުލޫމާތު އިއްޔެ 12:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ނިޔާވެފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ 21 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަގަންގިރް މިޔާ (25 އ) ހައްޔަރުކުރީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.  ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

Maldivian_Ads

އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ފުޓޭޖު ބަލައިގެންނާއި، އެހެނިހެން ގޮތްގޮތަށް ތަޙުޤީޤުގެ ތެރެއިން ކުރެވުނު މަސައްކަތުން މީހާ ދެނެގަނެ ލޮކޭޓް ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް 2 އިންނެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ފަހު ސެޕްޓެންބަރު 27 ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 04 12 at 18.36.54

ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަނިކް ސޭޓްގެ އެޕާޓްމަންޓުން!

4 މިލިޔަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި 5 މީހަކަށް ދައުވާކުރަނީ

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ވަފުދެއް އެ ރަށު ކައުންސިލާ ބައްދަލުކޮށްފި

988

ގެސްޓްހައުސްއަކަށް ބުކިން ހެދުމަށް ފޭކް ސްލިޕެއް ފޮނުވުމަށްފަހު އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި