ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ޚިދުމަތް ޤާއިމްކޮށްފި

Badhuru
TTH_Ads
STO_Ads

ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ޚިދުމަތް ޤާއިމްކޮށްފިއެވެ.

ތ. އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުން ފުލުހުންގެ ޚިދުމަތް ފެށީ އެ އަތޮޅު އޮމަދޫގައެވެ. މި ޚިދުމަތް ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ތ. އޮމަދޫގައި ޤާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. އަރިހުގައި އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސިނާންގެ އިތުރުން ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

HajjCop_ads

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އޮމަދޫގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ތަޢާރަފުވުމާއެކު، ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއާއެކު ރާއްޖޭގެ 5 އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދޭން މިވަނީ ފަށާފައެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން ދަނީ ކުރަމުންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ