ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮޅުފުށީ އާސާރީ މިސްކިތް ރައީސް ބައްލަވާލައްވައިފި

112
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ކޮޅުފުށީ ތާރީޚީ މިސްކިތް، ޣާޒީ މިސްކިތަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ހަތަރު އަތޮޅަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި މިސްކިތަށް ޒިޔާރަތް ކުރެއްވީ މުލަކަތޮޅު ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުޅުގައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މިސްކިތުގެ ހާލަތު ބައްލަވާލައްވައި، މިސްކިތާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި މިސްކިތް ބިނާކޮށްދެއްވީ ދިވެހިންގެ އިސްލާމީ އަޤީދާއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ޕޯޗުގީޒުންގެ އިސްތިޢުމާރުން ރާއްޖެ ސަލާމަތްކޮށްދެއްވި ދިވެހި ޤައުމީ ބަޠަލު، އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްއެވެ.

މާދަމާއަކީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އަހަރަކީ ރާއްޖެ އިސްލާމްވިތާ 899 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.

HajjCop_ads
Advertisement

ކޮޅުފުށީގެ ތާރީޚީ މި މިސްކިތަކީ ދިވެހިރާއްޖޭގެ އަގުހުރި ޤައުމީ ތަރިކައެކެވެ. އެއީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރެއްވުމަށްފަހު އުތީމު ބޮޑުތަކުރުފާނު، އެ ރަށުގައި ބިނާކުރެއްވި މިސްކިތެކެވެ. އެ ތަކުރުފާނުގެ ފަތްކޮޅެއްގައި ވަނީ “މި އަތޮޅު ކޮޅުފުށީ މަ ހެއްދެއްވި މިސްކިތް” މި ފަދައިންނެވެ. ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، އެ ތަކުރުފާނު ކަޅުއޮއްފުންމީގައި ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި މާލެ ވަޑައިގަންނަވަނިކޮށް، ތޫފާނެއްގައި ޖެހި އޮޑި ދިޔަވާން ފެށުމުން މުލަކަތޮޅު ދިއްތުނޑީ ފަރަށް ބީއްސާލައި ކަޅުއޮށްފުންމި ސަލާމަތް ކުރެއްވިއެވެ. އަދި ކޮޅުފުށީގައި އެ ރަދުން ބިނާކުރެއްވި މިސްކިތުގެ މަތިވަޑާންގަނޑުގައި ކަޅުއޮށްފުންމީގެ ލަކުޑި ބޭނުންކުރައްވާފައިވެއެވެ.

2004 ވަނަ އަހަރުގެ ސުނާމީގައި އެ މިސްކިތުގެ މަތިވަޑާންގަނޑުން ފޭވި ތަނުން ދޯންޏެއްގެ ބައިތަކުގެ އަސަރު ވަނީ ފެނިފައެވެ. އަދި ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، ބޮޑުތަކުރުފާނުގެ ކަނޑިކޮޅު ބާއްވަވާފައި އޮތީ ވެސް ކޮޅުފުށީ މި މިސްކިތުގައެވެ. މިއަދު އެ ކަނޑިކޮޅު މިސްކިތުގައި ނެތްނަމަވެސް، އެޗް.ސީ.ޕީ.ބެލްގެ މޮނޮގްރާފުގައި އެ ކަނޑިކޮޅުގެ ފޮޓޯއަކާއި، މިންތައް ހިމަނާފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

472257 9898eaed d

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމުގައި ޒުވާން ޚަޠީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި