ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އިންޖިނޭރުން ކުރަނީ އަގުނުކުރެވޭ ބުރަ މަސައްކަތްތަކެއް: ފަހުމީ

Stelco fahumy
TTH_Ads
STO_Ads
Advertisement

އެކި ދާއިރާތަކުގެ އިންޖިނޭރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު މި ދެކޭ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެ ކަމަށް ސްޓެކްލޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އަގުނުކުރެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، ހީވާގި އިންޖިނޭރުންނަށް ޝުކުރާއެކު، އިންޖިނޭރުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރާ ކަމަށެވެ.

“ހާއްސަކޮށް، ގައުމު ބިނާކޮށް ތަރައްގީގެ މަގުގައި އެއްވެސް ފަސްޖެހުމެއްނެތި، ދިގުދެމިގެންދާ ގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ސްޓެލްކޯގެ ހީވާގި އިންޖިނޭރުން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭ މަސައްކަތްތަކަށް ސްޓެލްކޯގެ މުޅި އިންޖިނޭރުންގެ ޓީމަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،” ފަހުމީ

HajjCop_ads
Advertisement

މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސް މުހައްމަދު މުއިއްޒު ހަމަޖެއްސެވީ، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

އިންޖިނޭރުން ގައުމަށް ކޮށްދެއްވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑު، ސަރުކާރުން ދޭން ފަށާނެ ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ޖުލައި 26 އަދި 27 ގައި ސްޓެލްކޯގެ ސާރވިސް ސެންޓަރ ބަންދުވާނެ!

988

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ، މި މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ހިނދުކޮޅަކަށް ކަރަންޓް ކެނޑިދާނެ!

Io

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރި ދައުލަތުގެ ދެވަނަ ކުންފުންޏަކަށް ސްޓެލްކޯ!

Igmh

ތުލުސްދޫ ކަނބަލުންނަށް ކަރަންޓަށް ހޭލުންތެރިކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފި