އއ. މަތިވެރީގައި ހުންނަ ކަސާ މިއާ ގެސްޓްހައުސް އެ ރަށުގެ ކައުންސިލާ ހަވާލުކޮށްފިއެވެ.

މައްސަލަ ބޮޑުވެފައިވާ ކާސާ މިއާއަކީ، މަތިވެރީގެ ޓޫރިޒަމް ޒޯނުން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރަށް ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ 50 ކޮޓަރީގެ ގެސްޓުހައުސްއެކެވެ.

ކާސާ މިއާ މަތިވެރީ ރައްޔިތުންނަށް ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރިއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވަނީ ކާސާ މިއާ އެ ރަށުގެ ކައުންސިލާ ހަވާލުކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ކާސާ މިއާ މަތިވެރި ކައުންސިލާ ހަވާލިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ކައުންސިލުގެ ފަރާތުން ކާސާ މިއާއާ ހަވާލުވެލެއްވީ ކައުންސިލުގެ ރައީސް އަހުމަދު އަސްލަމެވެ.

ކަސާ މިއާ، މަތިވެރި ކައުންސިލާ ހަވާލުކޮށްފި