މާލޭގައި ތިން މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ މާރާމާރީގެ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ފިރިހެނުން ދިޔައީ ކަމަކާ ޒުވާބު ކުރަމުންނެވެ.

އެ ދެ މީހުން ޒުވާބުކުރި ނަމަވެސް، ދެ މީހުން ވެސް އެކަކު އަނެކަކަށް ހަމަލާއެއް ދީފައެއް ނުވެއެވެ. ނަމަވެސް ދެން ހުރި އަންހެން މީހާ ވަނީ ހިތްހަމަނުޖެހިގެން އެއް ފިރިހެނެއްގެ ބޮލަށް ދަމައި، އޭނާއަށް އަނިޔާކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

އެކަމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ ދިލްބަހާރުމަގުގައި ބަޔަކު މާރާމާރީ ހިންގާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެޓެންޑުވެފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު، މާރާމާރީ ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް!