ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ގިނަ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މާރާމާރީގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:49 ހާއިރު ކަމަށާއި އެ މާރާމާރީގައި އަނިޔާވި ބަޔަކަށް ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ މާރާމާރީ ހިނގާފައިވަނީ ވީއައިއޭ ޓާމިނަލުގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި މާރާމާރީގައި ތިން ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނީ މާރާމާރީގައި އަނިޔާވީ މިސްރުގެ ދެ މީހަކާއި ބަންގުލަދޭޝްގެ މީހަކަށް ކަމަށާއި އެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.