ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެއާޕޯޓުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަގޮތުގައި ވީއައިއޭގައި އެ މާރާމާރީ ހިނގާފައިވަނީ ދެ އަންހެނެއްގެ މެދުގައެވެ. ނަމަވެސް އެއީ ދިވެހީން ކަމެއް ކަށަވަރެއް ނުވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.