އައްޑޫ ސިޓީ ހުޅުމީދޫގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ހުޅުމީދޫގައި ގްރޫޕަކުން، މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާ ވެފައިވަނީ 22 އަހަރުގެ ފިރިހެނަކަށް ކަމަށާއި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވުމުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެއެވެ.

އިޝްތިހާރު އިޝްތިހާރު

އެ މާރާމާރީގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.