ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެނަކަށް ޒަހަމްވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ރޭ 1:52 ހާއިރު ބ. ދަރަވަންދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހަމަނުޖެހުން ހިނގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހަމަނުޖެހުމުގައި ފިރިހެނަކު ޒަހަމްވެގެން ބ. އޭދަފުށީ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް އަދި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އިޝްތިހާރު އިޝްތިހާރު

އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.