އއ. މާޅޮހުގައި އަނިޔާވެރިގޮތަކަށް މަރާލި ޢަބްދުއްރަޙްމާން އާދަމް މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކައިފިއެވެ.

ފުލުހުން ބުނީ އިންޑިއާގެ ޓްރިވެންޑްރަމުން ހެދި އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުގައި އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ޢަބްދުއްރަޙްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.. ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތްރިވަރަންތަޕުރަމަށް ފޮނުވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އަންނަނީ މާޅޮހުގައި ހަރަކާތްތެރިވަމުންނެވެ.