ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

112
TTH_Ads
STO_Ads
Advertisement

އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިއަދު ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް މާޅޮހުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް އެ ރަށުގެ ގިނަ ބަޔަކާ ވަނީ ސުވާލުކޮށްފައެވެ. ތަހުގީގުގެ ބޭނުމަށް އަބްދުއްރަހްމާންގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމަށްފަހު މިހާރު ވަނީ ހަވާލުކޮށްފައެވެ.

HajjCop_ads
Advertisement

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

“މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންނެވެ.” އެ މެސެޖުގައި ބުނެފައިވެއެވެ.

އަބްދުއްރަހްމާނަށް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ހަމަލާދީފައިވާ އިރު، އޭނާގެ އަންހެނުންނަށް ފެނުނީ އޭނާ މަރަށް ތެޅި ތެޅި އޮއްވައެވެ. ދެން ވަގުތުން ގެންދިޔައީ މާޅޮހު ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރޭ އޭނާ ވަނީ މަރުވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

Qw

ފުވައްމުލަކުގައި ވެރިންނަށް ނޭނގި ބާލާފައި ހުރި ގިނަ އަދަދެއްގެ ކުރުނބާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންގެ އިންސްޕެކްޓަރ ކޯސް 6 ފަށައިފި

ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކާ ގުޅޭ ތަހުގީގަކަށް ދެ މީހަކު ހޯދަނީ