ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާޅޮހު އަބްދުއްރަހްމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި

STO_Ads
TTH_Ads
Advertisement

ރަހުމުކުޑަގޮތަކަށް މަރާލި އއ. މާޅޮސް، އަބްދުއްރަހްމާން އާދަމްގެ އަންހެނުންގެ މޮބައިލް ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.

އެނގިފައިވާގޮތުގައި އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ފޯނު ހިފެހެއްޓީ މިއަދު ހަވީރުގެ ވަގުތެއްގައި ކޯޓް އަމުރެއްގެ ދަށުންނެވެ.

އަބްދުއްރަހްމާނަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަމަލާދީފައިވާއިރު، އޭނާގެ އަންހެނުންނަށް ފެނުނީ އޭނާ މަރަށް ތެޅި ތެޅި އޮއްވައެވެ. ދެން ވަގުތުން ގެންދިޔައީ މާޅޮހު ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރޭ އޭނާ ވަނީ މަރުވެފައެވެ.

MMA_Ads
HajjCop_ads
Advertisement

ފުލުހުން ބުނީ އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

“މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެވާހަކަ ދަންނަވަމެވެ،” ފުލުހުން ބުންޏެވެ.

އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މި މަހުގެ 21 ވަނަ ދުވަހު އިންޑިއާއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރައްވައިފި

ފަޔަރ އިންވެސްޓިގޭޝަން ކޯސް ކުރިއަށް ގެންގޮސްފި

scam alert

މިދިޔަ ހަފުތާގައި އެކަނިވެސް ސްކޭމްގެ 36 މައްސަލައެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީން ހަތަރު މީހުން ހައްޔަރުކޮށްފި