ރޭ ދަންވަރުގެ ވަގުތެއްގައި މަރާލި އއ. މާޅޮސް. އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ ޕޯސްޓް މޯޓަށް ހެދުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނީ އަބްދުއްރަހްމާންގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފުލުހުން މަސައްކަތް ކުރަނީ ވީއެންމެ އަވަހަކަށް ޕޯސްޓް މޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް އަބްދުއްރަހްމާންގެ ހަށިގަނޑު ފޮނުވުމަށެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނީ، މާޅޮހުގެ ގެއެއްގައި ނިދާފައި އޮއްވައި އަބްދުއްރަހްމާނަށް ބޮޑެތި ޒަޚަމްތަކެއް ދީފައިވާ ކަމަށެވެ. އެގޭގެ އެހެން ކޮޓަރިއެއްގައި ނިދާފައި އޮތް އޭނާގެ އަންހެނުންނަށް ހޭލެވުނީ ހަޅޭލައްވާ އަޑަށެވެ. އެއިރު އަބްދުއްރަހްމާން އޮތީ ވަރަށް ތެޅި ތެޅި އެވެ.

އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.