ކުއްލި ޚަބަރު

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

ވެލިދޫ ދާއިރާގެ މެމްބަރުގެ ފަރާތުން ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ: ރައީސް

ރައްޔިތުންގެ މަޖިލީހުގައި ފޮއްދޫ ތަމްސީލުކުރައްވާ ވެލިދޫ ދާއިރާގެ މެމްބަރުގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުލިބޭކަމަށާއި، ބަދަލުގައި ކުރިމަތިކުރުވަނީ ހުރަސްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފޮއްދޫ އާއި ވެލިދޫ ހިމެނޭ ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު، އެމްޑީއޭގެ މުޙައްމަދު އައްބާސްއަށް އިޝާރަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފާޑުވިދާޅުވީ، ފޮއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފޮއްދޫ ހިމެނޭ ދާއިރާގެ މަޖިލިސް މެމްބަރުގެ ފަރާތުން އެއްބާރުލުން ނުލިބޭއިރު ކަންކަމާ ހުރަސް އެޅުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވޭ ކަމަށެވެ.

“އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން އިންތިޚާބުކޮށްފަ ހުންނަ މަންދޫބެއްކަމުގައި ވާނަމަ ސިޔާސީ ޚިޔާލުތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ކުރިމައްޗަށް ގެނެސްގެން ނުވާނެކަން. އެއަށްވުރެ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް ހުރިހާ އެންމެންވެސް މަސައްކަތްކުރަން ޖެހޭނެކަން ” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިތުރަށް ވިދާޅުވީ އެމްޑީޕީގެ މަޖިލީސް މެމްބަރުންގެ ކިބައިން ވެސް ސަރުކާރުގެ މަޝްރޫޢުތަކުގައި މާބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާ ކަމަށެވެ.

“އެހެންނަމަވެސް މިދާއިރާގެ އިއްޒަތްތެރި މަޖިލިސް މެމްބަރުގެ ކިބައިން ކަންކަމުގަ އެހީތެރިކަން ނުދޭތަނުގައި ހުރަސްތައް ކުރިމަތިކުރާކަމީ އެއީ ހަމަ ދެރަކަމެއް. އެހެންނަމަވެސް މިއަދުގެ މި ދަތުރުން ވެސް ފެންނާނެ އަޅުގަނޑުމެން އެއިން އެއްވެސް ކަމަކަށް މާބޮޑު ކަންބޮޑުވުމެއް ނެތްކަން. ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަޅުގަނޑުމެން ދާނީ ސީދާ ރައްޔިތުންނާ އެކީގައި ކުރިއަށްކަން. އަޅުގަނޑުމެންނަށް އެއީކީ އެއްވެސް މައްސަލައެއް ނޫން” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މަޖިލިސް މެމްބަރުގެ ހުރަސްތަކާއެކު އެކު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ފޮއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު މޫސާގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލުން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮއްދޫ ކައުންސިލަށް ޝުކުރުދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފޮއްދޫގައި ފެއްޓެވި މަޝްރޫޢުތަކާއެކު، އެމަނިކުފާނުގެ އުއްމީދަކީ ދެން ފޮއްދޫއަށް ވަޑައިގަންނަވާއިރު އެރަށުގައި ފެށި ތަރައްޤީގެ މަޝްރޫޢުތައް ނިމި ރައްޔިތުންގެ އުފަލުގައި ބައިވެރިވަޑައިގަތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

muizzu-councils

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

ފަލަސްތީނުގައި ދައުލަތެއް ގާއިމްކުރަން ގޮވާލުމުގައި ފަސްނުޖެހޭ: ރައީސް

TTH_advertisement