ނ. ކެނދިކުޅުދޫގައި އިކޯ ޓޫރިޒަމް ތަރައްގީކުރާނީ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ނ. ކެނދިކުޅުދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާމްދަނީ އިތުރުކުރުމަށްޓަކައި ރަށުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ.

"މެންގްރޯވް އައިލެންޑު"ގެ ގޮތުގައި ބްރޭންޑުކޮށްގެން ކެނދިކުޅުދޫ ރައްޔިތުން ބޭނުންވާ ކޮންސެޕްޓުގައި އިކޯ ޓޫރިޒަމް ތަރައްގީކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށާއި ކެނދިކުޅުދޫ ރައްޔިތުން އެދޭ ކޮންސެޕްޓުގައި އެ ރަށުގައި އިކޯ ޓޫރިޒަމް ކުރިއަށްގެންދިއުމަށް ކޮންމެވެސް މަގެއް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެފަދަ ގޮތްތަކަށް ވައުދުވެވަޑައިގެންފައިވާ ގޮތަށް އެހެން ރަށްރަށުގައި ވެސް އިކޯ ޓޫރިޒަމް ތަރައްގީކުރުމަށް މަސައްކަތްކޮށް، ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.