އައިޑީ ކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޑީއެންއާރުން ބުނީ، ފުވައްމުލަކު ސިޓީގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފެށުމުން ފަސޭހަކަމާއެކު އައިޑީ ކާޑު ލިބޭނެ ކަމަށާއި އެކަމުގެ ސަބަބުން މާލެއިން އައިޑީ ކާޑު ޕްރިންޓުކޮށް ފޮނުވުން ނިމުމަކަށް އަންނާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ފުވައްމުލަކުގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ފަށައިފި