ހޮނިހިރު ދުވަހު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ 50 މެގަވޮޓް ޕަވަރ ހައުސް(ހުޅުމާލެ ޕަވަރ ހައުސް) ގައި ޕަވަރ ހައުސް އަޕްގްރޭޑިން މަސައްކަތެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެެހެންކަމުން ހޮނިހިރު ދުވަހުގެ 6:00 އިން 7:00 އަށް ހުޅުމާލެއާއި މާލޭގެ ބައެއް ސަރަަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން ސްޓެލްކޯ އިން ބުނީ ހޮނިހިރު ދުވަހު އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާލެ ސިޓީ މާފަންނު އަވަށުގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިގޮތުން އެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފައި ވަނީ 4:00 އިން 4:30 ދެމެދުއެވެ.

ސްޓެލްކޯ އިން ވަނީ އެ ވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.