ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނަށް ހަމަލާދިނުމާމެދު ޓްރަމްޕަށް އަދިވެސް ގޮތެއް ނުނިންމޭ، އެކަމަކު ހުރީ އިސްރާއީލު ދަށުވެ ފިތިފައި

trump
STO_Ads
TTH_Ads
Advertisement

ޒަޔަނިސްޓު އިސްރާއީލަށް އެހީތެރިވުމުގެގޮތުން އީރާނަށް ހަމަލާދިނުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައިވަނީ ވައިޓްހައުސްގެ ސިޗުއޭޝަން ރޫމްގައި އޭނާގެ ނޭޝަނަލް ސެކިއުރިޓީ ޓީމާ ބައްދަލުކޮށްފައެވެ.

ބައްދަލުވުން ނިމުނީ، އީރާނަށް ހަމަލާދިނުމާ މެދު ގޮތެއް ނުނިމިއެވެ.

އޭގެފަހުން ޓްރަމްޕްވަނީ، އޭނާގެ ކެބިނެޓާވެސް ބައްދަލުކޮށްފައެވެ. ކެބިނެޓުންވެސް އެކަމަށް ގޮތެއް ނުނިންމުނެވެ.

HajjCop_ads
Advertisement

އީރާނަށް ހަމަލާދިނުމާމެދު ގޮތެއް ނިންމަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީޓިންތައް މި ބާއްވަނީ، އީރާނުގެ ރޫހީ ލީޑަރު އަޔާތުﷲ ޚާމަނާއީ އަވަހާރަ ކޮށްލާނޭ ކަމަށް އިންޒާރު ކުރުމަށްފަހު އޭގެ ތިން މިނެޓުފަހުން އަމާންދިނުމަށް އީރާނަށް ގޮވާލުމަށް ފަހުގައެވެ.

އެމެރިކާގެ މީޑިއާއިން ބުނެފައިވަނީ، އީރާނަށް ހަމަލާދިނުމާ ގުޅޭގޮތުން ޓްރަމްޕް، ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

އީރާނާމެދު އަމަލުކުރާނެ އެތައް އިޚްތިޔާރުތަކެއް ޓްރަމްޕްގެ މޭޒުމަތީގައި އެބައޮތް ކަމަށާއި، އޭގެތެރެއިން އެއް އިޚްތިޔާރަކީ އެމެރިކާ ސިފައިން އީރާނަށް ހަމަލާދިނުން ކަމަށް މީޑިއާއިން ބުނެއެވެ.

މީގެއިތުރުން، ބަންކަރ ބަސްޓަރ ބޮން އިސްރާއީލަށް ފޯރުކޮށްދީގެން އިސްރާއީލު ލައްވައި އީރާނަށް ހަމަލާދިނުމުގެ އިޚްތިޔާރުވެސް މޭޒުމަތީގައި އެބައޮތް ކަމަށް ބުނެއެވެ.

ހަމަ އެއާއެކު، މައްސަލަ ހައްލުކުރާނީ އަސްކަރީގޮތުންތޯ ނުވަތަ ޑިޕްލޮމެޓިކް މަގުންތޯވެސް ޓްރަމްޕް ވިސްނަމުން ގެންދާ ކަމަށް، އެމެރިކާގެ މީޑިއާއިން ބުނެއެވެ.

ހަމަލާތައް ހުއްޓާލައި، މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށް އީރާނުން އެހެން ގައުމުތައް މެދުވެރިކޮށް އެމެރިކާއަށް އަންގާފައި ވާއިރު، އީރާނުން ބުނަނީ ފުރަތަމަ ހުއްޓުވަން ޖެހޭނީ އިސްރާއީލު ކަމަށެވެ.
ނަމަވެސް، އިސްރާއީލުން ގެންދަނީ އީރާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދަމުންނެވެ.

އިސްރާއީލުން ބުނަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ރޫޅާލެވެންދެން ހަމަލާ ދޭނޭ ކަމަށެވެ. އިސްރާއީލުން އެމެރިކާއަށް މަޖުބޫރު ކުރަމުން ގެންދަނީވެސް އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދިނުމަށެވެ.

އީރާނުން ނިއުކްލިއަރ ބޮމެއް އުފައްދަން މަސައްކަތް ނުކުރާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނުމުން، ޓްރަމްޕްވަނީ އެވާހަކަ ގަބޫލުކުރުމާ ދެކޮޅު ހަދާފައެވެ.

އިސްރާއީލުން އެމެރިކާގެ ސިޔާސީ ގިނަމީހުން ބްލެކްމެއިލްކޮށްގެން އުޅޭފަދައިން، ޓްރަމްޕްވެސް ހުރީ އިސްރާއީލުގެ ދަށުވެ ފިތިފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ