ކަސްޓަމްސްއަށް ފައިސާ ދައްކަން ޖެހޭ ކަމަށްބުނެ މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން އެދިއްޖެއެވެ.

ކަސްޓަމްސް އިން ބުނީ އެ ސާވިސްއަށް ފައިސާ ދައްކަން އެދި ފޮނުވާ މެސެޖުތަކަކީ ސައްހަ މެސެޖުތަކެއް ނޫން ކަމަށާއި އެފަދަ ލިންކުތަކަށް ސަމާލުވާން އެދޭ ކަމަށެވެ.

ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކާއެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށް އެ ސާވިސް އިން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގައި ހިންގާ ސައިބާ ސްކޭމްތަކުގެ އަދަދު ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެކި ކުންފުނިތަކުގެ ނަމުގައި ވެސް ދަނީ ސްކޭމް ހިންގައި، ގިނަ އަދަދަކަށް ފައިސާ ހޯދަމުންނެވެ.