ޒުވާނުންގެ ވުޒާރާއިން ކުރިއަށްގެންދާ މިއަހަރުގެ ޔޫތު ކޭމްޕު ފަށައިފިއެވެ.

ޒުވާނުންގެ ވުޒާރާއިން ބުނީ މިއަހަރުގެ ކޭމްޕު ކުރިއަށް ގެންދަނީ ކުޑަގިރީގައި ކަމަށެވެ. އެެއް ދުވަހަށް ކުރިއަށް ގެންދާ މި ކޭމްޕުގައި ޖުމްލަ 65 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ތަފާތު ގިނަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މިކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު އިޝްތިހާރު

ޒުވާނުންގެ ވުޒާރާއިން މިދިޔަ އަހަރު ވެސް ޔޫތު ކޭމްޕް ބާއްވާފައިވެއެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.

ޔޫތު މިނިސްޓްރީއާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.