ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ޣައްޒާއަށް ހެދިހެން” އީރާނަށް ހަދާލާނޭ ކަމަށް ބުނެ އިސްރާއީލުން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

TTH_Ads
STO_Ads
Advertisement

“ޣައްޒާއަށް ހެދިހެން” އީރާނަށް ހަދާލާނޭ ކަމަށް ބުނެ ޒަޔަނިސްޓު އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާރޒް، އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

އީރާނަށް އިންޒާރުދީ ކާރޒް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ ހޫތީންނަށް ހަތިޔާރު ފޯރުކޮށްދީ، މާލީ އެހީތެރިވަނީ އީރާނުގެ ވެރިން ކަމަށެވެ.

އެހެންކަމުން، ހޫތީން ލައްވައި އީރާނުން ކުރުވަމުންދާ ޕްރޮސީ ހަނގުރާމަ ނިމުމަކަށް ގެނެސް، އީރާނުގެ ނުބައިކަން ހުއްޓުމަކަށް ގެންނާނެ ކަމަށެވެ.

HajjCop_ads
Advertisement

ލުބުނާނުގައި ހިޒްބުﷲ އަށް ހެދިހެން، ޣައްޒާގައި ހަމާސްއަށް ހެދިހެން، އަދި ސީރިއާގައި ބައްޝާރުލް އަސަދަށް ހެދިހެން، ތެހެރާނުގައި އީރާނުގެ ވެރިންނަށް ހަދާނޭކަމުގެ އިންޒާރު، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ދީފައި ވެއެވެ.

ހަމާސްއާއި، ހިޒްބުﷲއާއި އަދި ހޫތީންނަކީ، އިސްރާއީލާއި އަދި އިސްރާއީލުގެ ބައިވެރިޔާ އެމެރިކާއާ ދެކޮޅު ހަރަކާތްތައް ހިންގުމުގައި އީރާނުން ގެންގުޅޭ “ޝައިތާނީ ނާރެހުގައި ހިމެނޭ” ބައިވެރިން ކަމަށްވެސް ކާރޒް ބުނެފައި ވެއެވެ.

އެމެރިކާ ބޮލަށް ހުތްއަޅައިގެން، އިސްރާއީލުން އީރާނަށް ހަމަލާދޭން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް، އެމެރިކާއިން އެކަމަށް ތާއީދު ނުދޭތީ އިސްރާއީލަށް އެކަން ނުކުރެވިގެން އުޅެނީއެވެ. އީރާނުގެ ގާބިލްކަން ނޭނގޭތީ، އީރާނަށް އެކަނި ހަމަލާދޭން އިސްރާއީލުވެސް ފަސްޖެހެއެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ތެހެރާނުގައި ހުންނެވި އިމާރާތަށް އިސްރާއީލުން މިސައިލް ހަމަލާއެއްދީ ހަނިއްޔާ އަވަހާރަކޮށްލުމުން، އީރާނުންވަނީ 200 އަށްވުރެ ގިނަ ޑްރޯން ހިމެނޭ ފައުޖެއް ފޮނުވައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އީރާނުން އެކަން ކުރީ، 72 ގަޑިއިރު ކުރިން އެމެރިކާއަށް އެންގުމަށް ފަހުގައިވެސް މެއެވެ. އެދުވަހުވެސް އީރާނުގެ ގާބިލްކަން އިސްރާއީލާއި އެމެރިކާއަށްވެސް އޮތީ ފެނިފައެވެ.

ހަމަލާ ދޭނޭކަމުގެ އެތައް އިންޒާރުތަކެއް ދިނުމަށްފަހު އެމެރިކާއިން މިހާރުދަނީ އީރާނާ ވާހަކަ ދައްކަމުންނެވެ. އެއީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ވާހަކަތަކެވެ.

އެމެރިކާއާއި އިސްރާއީލުން ގަދައަޅައި މަސައްކަތް ކުރަމުން ގެންދަނީ އީރާނަށް ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަން ލިބުނަ ނުދިނުމަށެވެ. އެއީ، އިސްރާއީލަށް އެކަމުގެ ނުރައްކާ އަންނާނެކަން އެނގޭތީއެވެ.

އެމެރިކާގެ މަސައްކަތުން، އދގެ ތެރެއިންނާއި، ދުނިޔެއަށް ބިރުދައްކައިގެން އީރާނާ ދެކޮޅަށް އިގްތިސާދީ ގޮތުންނާއި، އެނޫންވެސް އެތައް ގޮތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެއީވެސް، އީރާނު އިނދަޖައްސާލައި ހަތިޔާރު އުފެއްދުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކެވެ.

އީރާނުގެ އެތެރޭގައި ބޮން ގޮއްވައި، އެތެރޭގައި ހަމަނުޖެހުން އުފައްދައި، ސަރުކާރު އިންގިލާބުކޮށްލަން އިސްރާއީލާއި އެމެރިކާ އަޑީގައި އޮވެގެން ހިންގި އެއްވެސް ހަރަކާތެއް ކާމިޔާބު ވެފައެއް ނުވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ