ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 233 މިލިޔަން ރުފިޔާ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ދިރާގަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 233 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %6.8 އިތުރު އަދަދެކެވެ.

ދިރާގުން އާންމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާގޮތުގައި، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ދިރާގަށް ވަނީ 233 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ 2024ވަނަ އަހަރުގެ ފުރަތަަމަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 218 މިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު %6.8 އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

HajjCop_ads
Advertisement

ދިރާގުން އާއްމުކޮށްފައިވާ 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށްވަނީ 371 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މޯބައިލް ޚިދުމަތްތަކުން އެކުންފުންޏަށް ލިބިފައިވަނީ 377 މިލިޔަން ރުފިޔާއެވެ. މިއީ %1.5 ދަށް އަދަދެކެވެ.

މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ ދަށްވެފައިވީނަމަވެސް ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 305 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބުނު 301 މިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާ ބަލާއިރު 1.3 އިންސައްތަ އިތުރު އަދަދެކެވެ.

މިއާއެކު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް ވަނީ 698 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ 2024ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީއަށް ލިބުނު 699 މިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު %0.14 ދަށް އަދަދެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

E Ehen
faidhavane alhugadu mee konme mahaku.barabarah bill dhahkamun gendha meehen ekam mihusvi mahu bill.ah area ebain ithurah 697 keevetho mivarah aranjeheyny alhugadu konme mahaku dhahkanjeheny 378

ގުޅުންހުރި

dhiraagu

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދަނީ

DSC

ދިރާގުގެ މެޖޯރިޓީ ހިއްސާއާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތް ކުރިޔަށް ގެންގޮސްފި