ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް ކަމަށް މުޖުތާޒު އައްޔަނުކުރުމަށް ރުހުން ދީފި

STO_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި، ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަމަށް މއ. ސިގްމާ، މުޙައްމަދު މުޖުތާޒު އައްޔަނުކުރުމަށް ފާސްކޮށްފިއެވެ. މި ފާސްކުރުން ވަނީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާޤުން ކަމަށްވީއިރު، މުޖުތާޒަކީ މި މަހުގެ 20 ވަނަ ދުވަހު ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރެވުނު ބޭފުޅެކެވެ.

މުޙައްމަދު މުޖުތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމާ ހަވާލުވުމުގެ ކުރިން މުޖުތާޒު ވަނީ ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މިދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވީ އޭނާ މަޤާމުން ވަކިކުރުމުގެ މަރުޙަލާ ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމުމަށްފަހުގައެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HJBJN

ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރަން ފާސްކޮށްފި

majilis

ގުނަވަން ޓްރާންސްޕްލާންޓުގެ ބިލު މަޖިލީހުން ފާސްކޮށްފި

8u

އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުގެ މައްސަލަތައް ތަހުގީގުކުރަން ފުލުހަށް ހުށަހަޅަނީ

88887

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލުގައި ރައީސް ފާހަގަކުރެއްވި ކަންބޮޑުވުންތައް އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފި