ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“އުފެއްދުންތެރިކަމުގެ މައުރަޒު 2025” ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

STO_Ads
TTH_Ads
“ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025” ގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފިއެވެ. މި ނިންމުމާ ގުޅޭގޮތުން ސަރުކާރުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ. ކުރިން މި ސުންގަޑި ކަނޑައަޅާފައި އޮތީ 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ 25 ވަނަ ދުވަހަށެވެ.

މުއްދަތު އިތުރުކުރުމުގެ މަޤްޞަދަކީ، މައުރަޒުގައި ބައިވެރިވުމަށް ހަމަޖައްސާފައިވާ ލުއިފަސޭހަ އިންތިޒާމުތަކާއެކު، ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމާއި، ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން ހޯދުމެވެ.

މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަސޭހަކަމާއެކު ރަޖިސްޓަރީ ކުރެވޭނެ ގޮތްތައް ހަމަޖައްސާފައިވެއެވެ. މީގެ ތެރޭގައި:

HajjCop_ads

1. އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅުން
2. މައުރަޒަށް ޚާއްޞަކޮށްފައިވާ ވެބްސައިޓް www.expo.mv އިން ފޯމު ހުށަހެޅުން
3. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުން
4. ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ހެޑް އޮފީހުން ފޯމު ހުށަހެޅުން
5. އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރުތަކުން ފޯމު ހުށަހެޅުން

އަދި ފޯމު ފުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

މީގެ އިތުރުން، މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ އަދަދަކަށް ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. މި ފުރުޞަތަކީ އުފެއްދުންތެރިންގެ މަސައްކަތްތައް ޢާންމުކޮށް ދެއްކުމަށް ހިލޭ ދެވޭ ފުރުޞަތެކެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 04 17

އުފެއްދުންތެރިކަމުގެ މައުރަޒަށް މިހާތަނަށް 80 އެޕްލިކޭޝަން

Screenshot 2026 04 09

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިކުރުމަށް ހުޅުވާލައިފި

Saeeed

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބު: ސައީދު

“އުފެންއްދުންތެރިކަމުގެ މައުރަޒު 2025” އަށް ތަކެތި ބަލައިގަންނަން ފަށައި