ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

Large 170438918518svvb
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު — ފޮޓޯ: ރައީސް އޮފީސް
STO_Ads
TTH_Ads
Maldivian_Ads
Advertisement

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، ވައުދުފުޅާ އެއްގޮތަށް އެފަދަ މަސައްކަތްތައް ކުރުން ކަމަށެވެ.

އެ މަސައްކަތްތައް ކުރާ އިރު، ޕްރައިވެޓް ކުންފުނިތައް ބާކީކުރާނެ ކަމަށް ބުނެ މީޑިއާތަކުގައި ފެތުރޭ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށާއި ސަރުކާރު ކުންފުނިތަކާ ޕީއެސްއައިޕީ މަޝްރޫއުތައް ހަވާލުކުރުމަކީ އެފަދަ މަޝްރޫއުތަކުގެ މަސައްކަތްކުރާ ޕްރައިވެޓް ކުންފުނިތައް ބާކީކުރުން ކަމަށް ދެކިގެންނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ސައީދު ވިދާޅުވީ ޕްރައިވެޓް ސެކްޓާގައި ހުރި އެފަދަ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އާއި އެހެން ބައެއް ޖަމިއްޔާތަކާ މަޝްވަރާކުރަމުންދާ ކަމަށާއި ސަރުކާރުން މިހާރުވެސް ދަނީ ކުދި ކުންފުނިތަކާ ބައްދަލުކޮށް، އެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

traffic

ވެހިކަލްގެ އުމުރު ކަނޑައެޅުމަށް އަމަލުކުރަން ފަށާނީ ތިން އަހަރު ފަހުން: ސައީދު

Minister saeed

ޕޯޓު ތިލަފުށްޓަށް ބަދަލުކޮށް ނިމުމުން، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް ލިބެމުންއެބަދޭ: ސައީދު