ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިކަމާއި ބެހޭ ކޮލެޖުން 45 ދަރިވަރަކަށް ފުލް ސްކޮލަރޝިޕް ފުރުޞަތު ދެއްވަނީ

STO_Ads

މަސްވެރިކަމާ ބެހޭ ކޮލެޖުން 45 ދަރިވަރަކަށް ފުރިހަމަ ސްކޮލަރޝިޕް ފުރުޞަތު ހޯދައިދީ، އެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަވަހަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ “ރައްޔިތުންނާއެކު” ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑްކާސްޓުގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކ ދައްކަވަމުންނެވެ.

މަސްވެރިކަމާ ބެހޭ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަކީ ޤާނޫނީގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ނަމަވެސް، މިހާތަނަށް އެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށިފައިވެއެވެ. މިގޮތުން، ޤައުމީ ޔުނިވަރސިޓީގައި “މޯލްޑިވްސް ކޮލެޖް ފޮރ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް” ގެ ނަމުގައި ކޮލެޖެއް ޤާއިމުކުރެވިފައިވެއެވެ.

Maldivian_Ads

މަސްވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ކޮލެޖުން ޑިގްރީ ފެންވަރަށް ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

“އެ ކޮލެޖުން ބެޗެލަރ އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުރިހަމަ ސްކޮލަރޝިޕް އަޅުގަނޑުމެން ދެމުންދާނަން. މިހާރު އެކަމަށް ހުރިހާ ތައްޔާރީތަކެއް ވަނީ ވެވިފައި. އަންދާޒާ ކުރެވެނީ ބަޖެޓު ހަމަޖެހިފައި އޮތް ގޮތުން 45 ދަރިވަރަކަށް ސްކޮލަރޝިޕް ހަމަޖެއްސޭނެ ކަމަށް. މީގެ އިތުރުން ކުދި ކޯސްތައްވެސް އެބަ ހިންގާ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ކޮލެޖު ޤާއިމުކުރުމަކީ މަސްވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އިތުރު ސްކޮލަރޝިޕް ފުރުޞަތުތައް ހޯދުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ކޮލެޖުން މީހުން ބިނާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ފަހަކަށްއައިސް ގއ. ކޮލަމާފުށީގައި އައުޓްރީޗް ސެންޓަރެއް ޤާއިމުކުރުމަށްއެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ. މުޅިއެކު 15,000 އަކަފޫޓުގެ ސަރަޙައްދެއްގައި ޤާއިމުކުރާ މި އައުޓްރީޗް ސެންޓަރުން ދިރާސާތައް ކުރުމާއި، ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބި، އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ގޮތުންވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ކޮލަމާފުށްޓާއި މުޅި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ފާހަގަކުރައްވާފައިވެއެވެ.

މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މަސްވެރިކަމާ ބެހޭ ތަޢުލީމު ފުޅާކޮށް، ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަކީ ޤައުމުގެ އިޤްތިޞާދަށް ދުރު މުސްތަޤުބަލުގައި ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ ދާއިރާ ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭ ހިސާބަށް ކުރިއަރައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HFdG5IjbIAA0Oq6

މަސްވެރިކަމުގެ ސިނާޢަތަށް ކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

masverin

ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް ދޫކުރި ފައިސާގެ ޢަދަދު 88 މިލިޔަނުން މަތި

masverin

ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ކަނޑައަޅައިފި

66

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރަން 51 މިލިއަންގެ ލޯނު ދޫކޮށްފި