ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އާސަންދަ ދޭން ފަށައިފި

TTH_Ads
STO_Ads
Advertisement

އާސަންދަ ކުންފުނިން އިޢުލާނުކުރި އައު އުސޫލެއްގެ ދަށުން، ޕްރައިވެޓް އިންޝުއަރެންސް ލިބިފައިވާ ފަރާތްތަކަށްވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ މަގު ފަހިވެއްޖެއެވެ. މި ބަދަލާއެކު، ބުދަ ދުވަހުން ފެށިގެން ޕްރައިވެޓް އިންޝުއަރެންސް ލިބިފައިވާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި ދައްކަންޖެހޭ ކޮންސަލްޓޭޝަން ފީ އާސަންދައިން ކަވަރުކުރާނެއެވެ.

މި އައު އުސޫލުގެ ދަށުން:

1. ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސްއިން ކޮންސަލްޓޭޝަން ފީ ކަނޑާނެއެވެ.
2. އޭގެފަހުން ބާކީވާ އަދަދު އާސަންދައިގެ ލިމިޓުގެ ތެރެއިން ކަނޑާނެއެވެ.
3. އެނދުމަތި ނުވެ ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކަށް މި އުސޫލުގެ ދަށުން ޢަމަލުކުރަން ފަށާނީ މާރިޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

HajjCop_ads
Advertisement

އާސަންދަ ކުންފުނިން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ އާސަންދަ އިޞްލާޙުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެކެވެ. މި ބަދަލު ގެނެވުނީ އާންމުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

އާސަންދައަކީ ދައުލަތުގެ ޚަރަދު އެންމެ ބޮޑު އެއް ސްކީމު ކަމަށްވެފައި، އަހަރަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ސަބްސިޑީގެ ގޮތުގައި ޚަރަދުކުރެވޭތީ، އިސްރާފު ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ އެކިއެކި ބަދަލުތައް ގެންނަމުންނެވެ. މީގެ ތެރޭގައި ސަބްސިޑީ ނިޒާމު އިޞްލާޙުކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސީދާ ސަބްސިޑީ ދެވޭނެ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ހިމެނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

asanda zeeniya

އާސަންދައިގެ ކައުންޓަރުތައް އިތުރު 8 ރަށެއްގައި ގާއިމްކޮށްފި

8u

އަމްރީތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އާ ބަލިމީހުން ފޮނުވުން ވަގުތީގޮތުން މެދުކަނޑާލައިފި

Images (5)

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަމްރީތާއަށް ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި

asanda zeeniya

އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވުމުން މިހާރަށްވުރެ އަވަސްވާނެ: ޒީނިޔާ