ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުއްސަނދިންނަށް އާސަންދަ ދޭ އުސޫލް ބަދަލުކުރަނީ

DSC
TTH_Ads
Maldivian_Ads
STO_Ads
Advertisement

އަންނަ މަހުން ފެށިގެން މުއްސަނދިންގެ ގޮތުގައި ހިމެނޭ ފަރާތްތަކަށް އާސަންދަ ދެމުން އަންނަ އުސޫލް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާސަންދަ އޭގެ އެންމެ ހައްޤުވެރި ފަރާތްތަކަށް ދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ތަންފީޒީ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އާސަންދަ އޭގެ ހައްޤުވެރިންނަށް ދިނުމަކީ ރާއްޖެއަށް ބޭރުގެ އެހީދޭ މާލީ އެކިއެކި އިދާރާތަކުންވެސް އެދެމުންދާ ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުއްސަނދިންނާއި އިންކަމްޓެކްސް ދައްކާ ފަރާތްތަކަށް އަންނަމަހުން ފެށިގެން އާސަންދަ ދޭ އުސޫލް ބަދަލުވާނޭކަމަށެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 65،000 މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް، މިހާރު ލިބޭގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“މިހާރު އާސަންދަ ދެމުން އަންނަ ގޮތަކީ ރަނގަޅު ގޮތެއް ކަމަކަށް ބޭރުގެ ފަރާތްތަކުވެސް ގަބޫލެއްނުކުރޭ. އަދި ފަންނީ އެއްވެސް ފަރާތަކުން ގަބޫލެއްނުކުރޭ. އަދި އަޅުގަނޑުމެންވެސް ގަބޫލެއްނުކުރަން. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގަ 65000 ރުފިޔާއަށްވުރެ މައްޗަށް މުސާރަ ލިބޭ ފަރާތްތަކުގެ ތަކަށް މިހާރު މި އޮތް ގޮތަށް ފުލް ކަވަރޭޖް އާސަންދަ ނުލިބޭނެ” ރައީސް

މި އިސްލާހީ ބަދަލުތަކުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 277 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި އަހަރުގެ ތެރޭގައި ވެސް ޚަރަދުން ވަކި މިންވަރެއް ސަލާމަތްކުރެވޭއިރު، އަންނަ 2024 ވަނަ އަހަރު 280 މިލިއަން ރުފިޔާގެ ޚަރަދު ކުޑަކުރެވޭނެ ކަމަށް އަންދާޒާކުރެވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިގޮތަށް ސަލާމަތްކުރެވޭ ފައިސާ ހޭދަކުރެވޭނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ހިންގޭ އެހެނިހެން ހެޔޮ ކަންކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާންމު ރައްޔިތުންނަށް ލިބޭ އުސޫލުން މުއްސަނދިންނަށް ހުރިހާ ޚިދުމަތެއް ހިލޭ ލިބެންޖެހޭ ކަމަކަށް ސަރުކާރުން ނުދެކޭ ކަމަށެވެ.

މި ނިޒާމަށް ގެނެވޭ އިތުރު ބަދަލުތަކާއި އުސޫލުތަކުގެ ފުރިހަމަ ތަފްސީލުތައް، ކުރިއަށް އޮތް ދުވަސްތަކުގައި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަބްސިޑީ އާއި އާސަންދަ ފަދަ ދައުލަތުގެ ބައިތުލްމާލުން ބޮޑެތި އަދަދުތަކުން ކުރާ ހޭދަ އޭގެ ހައްޤުވެރިންނަށް ދިނުމަކީ ބޭރުގެ ކަމާބެހޭ މާލީ އިދާރާތަކުން އަބަދުމެ ފާހަގަކުރަމުން އަންނަ ކަމެކެވެ. މިގޮތުން ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން އައިއެމްއެފް އަދި ވަރލްޑްބޭންކުން ނެރޭ ކޮންމެ ރިޕޯޓެއްގައިވެސް އެކަން ފާހަގަކުރަމުންދިޔަ ނަމަވެސް މިއަދާ ހަމަޔަށް އާއިރުވެސް އެކަންކަން ތަންފީޒު ނުކުރެވޭކަން ފާހަގަކޮށްލެވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

asanda zeeniya

އާސަންދައިގެ ކައުންޓަރުތައް އިތުރު 8 ރަށެއްގައި ގާއިމްކޮށްފި

8u

އަމްރީތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އާ ބަލިމީހުން ފޮނުވުން ވަގުތީގޮތުން މެދުކަނޑާލައިފި

Images (5)

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަމްރީތާއަށް ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި

asanda zeeniya

އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވުމުން މިހާރަށްވުރެ އަވަސްވާނެ: ޒީނިޔާ