އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލްގައި އެނދުމަތިކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު މިއަދު އިތުރުކޮށްފިއެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00އިން ރޭގަނޑު 10:30އަށް އިތުރު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން އާންމު އުސޫލުގެ ތެރެއިން ބަލި މީހުން ކައިރިރިއަށް ޒިޔާރަތްކުރާ ގަޑިއަކީ ހަވީރު 5:00އިން 8:00އަށެވެ.

އިޝްތިހާރު އިޝްތިހާރު

ނަމަވެސް އެކި ހާލަތްތަކާ ގުޅުވައި އެ ގަޑިތަކަށް ބައެއް ފަހަރު ބަދަލު ގެނެއެވެ.