ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރީރު މޮރޮކޯއަށް، ލަތީފް ރަޝިއާގެ ނޮންރެޒިޑެންޓް ސަފީރުކަމަށް ރުހުންދީފި

Large Thumb 1740376270186
STO_Ads
TTH_Ads
Maldivian_Ads
Advertisement

އަހުމަދު ސަރީރު މ. ވެސްޓް ސައިޑް، މޮރޮކޯއަށް ކަންޑައަޅުއްވާ ރާއްޖޭގެ ނޮންރެޒިޑެންޓް ސަފީރުކަމަށް، ފެލްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް، ގ.ކަނޑިތޮޅިއާގެ، ރަޝިއަން ފެޑަރޭޝަންގައި ހުންނަވާ ރާއްޖޭގެ ނޮންރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އެ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިއެވެ.

އެ މައްސަލަ ކޮމިޓީން ދިރާސާކޮށް، އެ ދެބޭފުޅުންނަށް މަޖިލީހުން ރހުންދޭން ފެންނަކަމަށް ފާސްކޮށް ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

HajjCop_ads
Advertisement

އެ ރިޕޯޓުގައިވާގޮތަށް، އެ ދެބޭފުޅުން އެ ދެ ގައުމުގެ ނޮންރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ރުހުންދޭން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

ސަރީރަކީ މިހާރުވެސް ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އަދި ލަތީފްއަކީ ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޠާރިޤު ޔޫއޭއީގެ ރައީސަށް ފަތްކޮޅު އަރުވައިފި

އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ޖަމީލާ އައްޔަންކުރައްވައިފި

jameela ali

އިނގިރޭސިވިލާތަށް ސަފީރަކަށް ޖަމީލާ އައްޔަން ކުރެއްވުމަށް ފާސްކޮށްފި

jameela ali

އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރަކަށް ޖަމީލާ