ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯއިން ރަމަޟާން މަހަށްފަހު ސްމާޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފަށަނީ

TTH_Ads
STO_Ads
Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރާއްޖޭގެ ހުރިހާ ގޭބިސީއެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހަށްފަހު ފަށާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ކަސްޓަމަރުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ޕްރޮޖެކްޓެއްކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވި ގޮތުގައި، މި މަހުގެ ތެރޭގައި ސްމާޓް މީޓަރުތައް ރާއްޖެއަށް ގެނެވޭނެއެވެ. އަދި ރަމަޟާން މަހަށްފަހު ގޭބިސީތަކުގައި މީޓަރު ހަރުކުރުމުގެ މަސައްކަތް ފެށޭނެއެވެ. މި ޕްރޮޖެކްޓުގެ ސަބަބުން ކޮންމެ 15 މިނެޓަކުން ކަރަންޓު ބޭނުންކުރެވޭ މިންވަރު ކަސްޓަމަރުންނަށް އަމިއްލައަށް ބެލޭނެއެވެ.

ސްޓެލްކޯގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ގޭބިސީއެއްގައި ސްމާޓް މީޓަރު ހަރުކޮށް ނިންމުމެވެ. މި މަޝްރޫޢު ފުރަތަމަ ފެށުމަށް ރޭވިފައިވަނީ ހުޅުމާލޭގައި ނަމަވެސް، އެއްފަހަރާ ގިނަ ސަރަހައްދުތަކެއްގައި މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.

HajjCop_ads
Advertisement

މި ޕްރޮޖެކްޓަކީ ސްޓެލްކޯއިން މިހާރު ހިންގަމުންދާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވެފައި، މީގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭނެ ފައިދާތައް ވަރަށް ގިނައެވެ. ވުމާއެކު، މި މަޝްރޫޢަކީ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް އަންނާނެ ބޮޑު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ޖުލައި 26 އަދި 27 ގައި ސްޓެލްކޯގެ ސާރވިސް ސެންޓަރ ބަންދުވާނެ!

988

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ، މި މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ހިނދުކޮޅަކަށް ކަރަންޓް ކެނޑިދާނެ!

Io

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރި ދައުލަތުގެ ދެވަނަ ކުންފުންޏަކަށް ސްޓެލްކޯ!

Igmh

ތުލުސްދޫ ކަނބަލުންނަށް ކަރަންޓަށް ހޭލުންތެރިކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފި