އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއަކަށް ކާނާ ވިހަވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިކަން ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ކަމަށެވެ. އެތަނުގައި ތިބި ބިދޭސީންތަކެއް ފުޑް ޕޮއިޒަން ވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެތަނުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

މަންޒަރު ދުށް ބައެއް މީހުން ކިޔައިދިންގޮތުގައި ކާނާވިހަވަގެން އިމަޖެންސީގައި އެމްބިއުލާންސްގައި އެތަނުން އެއް ބިދޭސީއަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ވަކިއެއްޗެއް ނުބުނެއެވެ.