ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެޔޮއަގުގައި މެލޭޝިޔާ އިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތަކެއް

2އ
STO_Ads

ދިވެހި ދަރިވަރުންނަށް ހެޔޮއަގުގައި މެލޭޝިޔާ އިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

މިއީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުވާލި ފުރުސަތުތަކެވެ.

ޖުމްލަ 556 ފުރުޞަތު ހުޅުވާލާފައިވާއިރު، އީއެމްޖީއެސް ޑިސްކައުންޓް ސްކީމްގެ ދަށުން ދިވެހި ދަރިވަރުންނަށް ތަފާތު އެކި ކޯސްތަކުން 5 އިންސައްތަ އާއި 100 އިްނސައްތައިގެ ޑިސްކައުންޓެއް ލިބެއެވެ. އަދި މި ސްކީމްގައި ފައުންޑޭޝަން ލެވެލް އިން ފެށިގެން ޕީއެޗްޑީއާއި ހަމައަށް މެލޭޝިޔާގެ 14 ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.

Maldivian_Ads

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ޑިސްކައުންޓް ސްކީމްގައި ބައިވެރިވުމަށް ބޭނުންވާ “އެންޑޯޒްމަންޓް ލެޓަރ” ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅާނީ މައި-އެޑިޔު ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މި ލެޓަރ ހޯދުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ ތެރޭގައި ލިބިފައިވާ އެންމެ މަތި ތައުލީމުގެ ކޮޕީއާއި މުއްދަތު ހަމަނުވާ ޕާސްޕޯޓް އަދި ޑޭޓާ ޕޭޖްގެ ކޮޕީ ހިމެނެއެވެ. އަދި މި ޑިސްކައުންޓް ބޭނުން ކޮށްގެން ކިޔަވަން ވަނުމަށް ޔުނިވަރސިޓީން ދޫކޮށްފައިވާ ޕްލޭސްމަންތް ލެޓަރ އާއި ޑިސްކައުންޓް ލިބިގެން ކިޔަވާ ޕްރޮގްރާމް ފުރިހަމަކޮށްގެން ލިބޭ ސަނަދު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ވެލިޑޭޓްކުރާނެކަން ދޭހަކުރުމަށް އެ އޮތޯރިޓީން ދޫކުރާ، ރިކޮގްނިޝަން އޮފް އިންޓެންޑެޑް ޕްރޮގްރާމްސް ލެޓަރ ވެސް ހިމެެނެއެވެ.

މީގެއިތުރުން އެ މިނިސްޓްރީން ލޯން ދިނުމަށް ހޮވިފައި، ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ދަރިވަރަކު ޑިސްކައުންޓަށް އެދޭ ނަމަ، އެ ދަރިވަރަކަށް މިނިސްޓްރީން ދޫކޮށްފައިވާ ސްޕޮންސަރ ލެޓަރއާއި އެ މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ދަރިވަރަކު މި ޑިސްކައުންޓަށް އެދި ހުށަހަޅާނަމަ، ކުރިން ނެގި ލޯނުގެ ޑީފޯލްޓެއް ނޯންނާނެކަމާއި، ޑިސްކައުންޓް ލިބިގެން ކިޔަވާ މުއްދަތުގައި ވެސް އެ ލޯނު ދައްކަމުން ގެންދާނެކަން ބަޔާންކޮށް ހުށަހަޅާ ދަރިވަރުގެ ލިޔުމެއް ހިމެނެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު