މާލޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާން ރޯވީ މާފަންނު ނިއުޕްލާޒާގައެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 7:11 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އިޝްތިހާރު އިޝްތިހާރު

އެއީ ހަނދުވަރީ ހިނގުމާއި ބުރުޒުމަގަށް ވާގޮތަށް ހުންނަ ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތެކެވެ.

މީގެއިތުރުން އޭގެ އަނެއް ކަންމަތީގައި ހުންނަ މ. ހައުސް ޕްލާޒާގައި އިއްޔެ ހެނދުނު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. ސިފައިން ވަނީ އެ އިމާރާތުގައި ހިފި އަލިފާން ކުޑަ ވަގުތުކޮޅެއް ތެރޭގައި ނިއްވާލާއެވެ. އެ ހާދިސާގައި ވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.