ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ފްލެޓަކުން ވެއްޓުނު މީހަކު މަރުވެއްޖެއެވެ.

އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެ މީހާ ވެއްޓުނީ ސްޓެލްކޯ ސީ ޓަވަރުގެ ނުވަ ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީން ކަމަށެވެ.

ވެއްޓިފައި ވަނީ ހ. ގިނިރާހި، އިބްރަހީމް ޝަރަފް،24 އެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނުނީ މިއަދު ވަރަށް ލަސްވި ފަހުން ހެނދުނުގެ ވަގުތެއްގައެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނީ އޭނާ ވެއްޓިފައި އޮއްވައި ފެނުނީ ސްޓެލްކޯ ޓަވަރު ސީގެ ބިއްދޮށް ފަޅިންނެވެ. ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އަދި ނުލިބެއެވެ.