ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމީ ފާލަމުގެ މަސައްކަތް ނިމެނީ

23w
ރަސްމީ ފާލަމުގެ މަސައްކަތް ކުރިއަށް
STO_Ads

މާލޭގެ ރަސްމީ ފާލަން އަލުން ހެދުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އިއްޒުއްދީން ފާލަން އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ ފާލަމުގެ ސްޓްރަކްޗަރއާއި ފުރާޅު އަދި ތަނބުތަކާއި ސީލިންގގެ މަސައްކަތްތައްވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ.

Maldivian_Ads

މިއީ ދައުލަތުގެ ބަޖެޓުން 11 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ މަސައްކަތެކެވެ. އަލަށް ހަދާ ރަސްމީ ފަލަމަކީ ދިވެހީންގެ ޤައުމިއްޔަތާއ،ި ސަޤާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަޤީންކަން އެމްޓީސީސީން ދެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް50 އަހަރު ފުރުމާ ދިމާކޮށް ސަތަރި ބޭނުންކޮށްގެން ރިޔާ ނަގާފައިވާ ދޯންޏެއްގެ ބައްޓަމަށް ހެދި ރަސްމީ ފާލަން އަލުން ހަދަނީ ބާވެ ހަލާކުވަމުންދާތީއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު