ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސެޕްޓެމްބަރު މަސް ތެރޭގައި 4000 ފްލެޓް ހަވާލުކޮށް ނިންމާނަން: ރައީސް

432
ގެދޮރުވެރިޔާ ފްލެޓްތައް—
TTH_Ads
STO_Ads
Maldivian_Ads
Advertisement

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފުލެޓްގެ ހައްގުވެރީންނަށް ސެޕްޓެމްބަރުގެ ތެރޭގައި ފުލެޓުތައް ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ފްލެޓް ލިސްޓް އާންމުކުރާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި އަޅަމުންދާ އެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން މީގެކުރިން ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

“މާތް ﷲ ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާނު ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ” ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުން 15 ނޮވެމްބަރު 2023 ގައި ނެރުނެވެ. ނަމަވެސް އެ ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނެ އޭސީސީން ވަނީ ލިސްޓެއް ހަދައި އިތުރު ލިސްޓެއް ހަދަން މިނިސްޓްރީއަށް އަންގާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ބައެއް އިސްވެރިންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

އެމްއެމްއޭގެ މަޒުމޫނު ލިޔުމުގެ މުބާރާތަށް ހުށަހަޅަން ހުޅުވާލައިފި

Qw

ފެނަކައިން ދޭ ހުރިހާ ކަރަންޓްގެ ޚިދުމަތްތަކެއް ރޯދައިގެކުރިން ސްޓެލްކޯއަށް ބަދަލުކުރެވޭނެ: އަފީފް

72999222536383

ވަކީލަކު ހަމަޖައްސަން ތިނަދޫ މޭޔަރު ސައުދަށް 10 ދުވަސް ކޯޓުން ދީފި

އެމްޕީއެލް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް މިއަދު ފަށައިފި