ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަމާލެ ބްރިޖްގެ މަސައްކަތް އަވަސްކުރަން މަޝްވަރާކޮށްފި

Iu
ހައުސިން މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުން — ފޮޓޯ: ހައުސިން މިނިސްޓްރީ
TTH_Ads
Maldivian_Ads
STO_Ads
Advertisement

މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބަލަސުބްރަމާނިއަން އާއި ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު މަޝްވަރާ ކުރައްވައިފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ %33.4 މަސައްކަތް ނިމިފައިވާކަމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ބުންޏެވެ. އޭގެފަހުން އެ މަސައްކަތާ ގުޅޭގޮތުން ވަކި އެއްޗެއް ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ.

HajjCop_ads
Advertisement

މި ބްރިޖަކީ މުޅި ދުނިޔޭގައިވެސް އެންމެ އުސްކޮށް ހަދާ ޕްރީކާސްޓް ސެގްމަންޓުތައް ހުންނަ ބްރިޖް ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗަރގެ ޕްރީކާސްޓް ސެގްމަންޓްތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެކަމަށް އެ ކޮމިޝަނުން އޭރު ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 3 ބްރިޖާއި ކޯޒުވޭ އަދި މަގުތަކުގެ ނެޓްވޯރކް ހަދާއިރު، ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ.

މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރައިފޭބުމަށްޓަކައި އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިންގ ސަރަހައްދުތައް ވެސް ހަދާނެއެވެ.މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަތުރުވެރިކަމުގެ ސިނާޢަތުގެ ސިނާޢަތުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން، ޗެއާއަކަށް އަނަސް

WhatsApp Image 2026 10 05 at 19.38.22

ޅޮހީގައި ފެނަކައިން ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓްގައި ދުއްވި ކާރުގެ ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް!