އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް މަގާމުން ވަކިކޮށްފިއެވެ.

ވަޖީހު މަގާމުން ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން ވަނީ މިރޭ ހާމަކުރައްވާފައެވެ.

އޭނާ މަގާމުން ވަކިކުރެއްވި ސަބަބެއް އެ ބޯޑުން ހާމަކޮށްފައެއްނުވެއެވެ.

އިޝްތިހާރު އިޝްތިހާރު

ވަޖީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ގުޅުން އޮންނަ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރައްވާފައެވެ.

މަގާމުން ވަކިކުރެއްވުމުން ފައިސަލް ވަނީ އަމިއްލަ ރަށް ލ. ފޮނަދުއަށް ބަދަލުވާން ނިންމިކަން ހާމަކޮށްފައެވެ.