ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ތެރޭގައި ޒަކާތު ހައުސްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ

TTH_Ads
STO_Ads
Advertisement

މިއަހަރުގެ ތެރޭގައި ޒަކާތު ހައުސްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ. މި މަޢުލޫމާތު ވަޒީރު ދެއްވީ ޒަކާތު ހައުސްގެ އިމާރާތާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި، “ބައިތުއްޒަކާތު” ގެ ނަމުގައި އިމާރާތްކުރާ މި ޒަކާތު ހައުސްގެ އިމާރާތަކީ 10 ފަންގިފިލާއަށް ހެދޭ އިމާރާތެއްކަމަށާއި، މީގެ ތެރޭގައި ޒަކާތު ހައުސްގެ އޮފީސް ބަޔާއި ކުއްޔަށްދޭ ބައިތައް ހިމެނޭނެކަމަށް ވިދާޅުވިއެވެ. އަދި ޒަކާތު ހައުސްގެ އިދާރާގެ ގޮތުގައި ހަދާ އިމާރާތުގެ ބައެއް ފަންގިފިލާތައް ކުއްޔަށް ދީގެން ލިބޭ އާމްދަނީ ދޭނީ ޒަކާތުގެ ޙައްޤުވެރީންނަށްކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.

މި އިމާރާތް އެޅުމުގެ މަސައްކަތް ފެށޭނެކަން ވަޒީރު ފުރަތަމަ ހާމަކުރެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އޭރު ވަޒީރު ވިދާޅުވެފައިވަނީ އިމާރާތަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

HajjCop_ads
Advertisement

ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ ފަރުޟު އަދާކުރުމަށް ހޭލުންތެރިކަން އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. މި މަޤްޞަދުގައި، ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް ވަކި ޚާއްސަ އިދާރާއެއްވެސް ސަރުކާރުން އުފައްދާފައިވެއެވެ.

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރަކީ އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 89.5 މިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޢ ޢާއިޝާ
ޒަކާތުގެ ޙައްގުވެރިން ނަކީ ކޮބައިކަމެ ނޭގުން އަޅުނގަޑާކީ 5ކުދިން ބަލަމުން ދާ އެކަނިވެރި މަންމަކީމު އެހެން ނަމަވެސް ކުރިން އަބަދުވެސް ޒަކާތުގެ އެހީތެރިކަން ލިބުން އަޅުގަޑުގެ ހަގު ދަރިފުޅުގެ ލޮލުގެ ފެނުމަ ލޮލަ ބޭސް ކުރުމަ ރާއްޖެއިން ބޭރަ ދިޔައި ވަރަށް ގިނަ މީހުގެ އެހީތެރިކަމާ އެކު އަދި ނުވިތާކަ ޒަކާތުންވެސް އެހީތެރިވި އަދި އެންޕާއިންވެސް އެހީތެރިވި އެހެން ނަމަވެސް އެކަޓުރޯލުވެފައޭ ކިޔާފަ މިހާރު އަޅުގަނޑުގެ ކުދިން ވަނީ ޒަކާތުން މަހުރޫމްވެފަ މިކަން އިގޭނެ ޒެންޑާޔަވެސް އަޅުގަނޑަކީ ކުދިންގެ ބައްޕަގެ އެވެސް އެހީތެރި ކަމެނުލިބި 5ފަސްކުދިން ބަލަމުން ދާ މަންމަޔެކަން ގިނަދުވަހު ހުނަނީ ދޭނެ އެކަޗެވެސް ނެތި ހައިހޫނުގަ😭

ގުޅުންހުރި

Shaheem

ޙައްޖާ ޢުމްރާގެ ޚިދުމަތް ދިނުމާއި ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލަނީ

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް