ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދީނީ ސިޔާސަތުތައް ތަންފީޒްކުރުމަށް ރައީސް ޚާއްސަ އިސްކަމެއްދެއްވާ: ޢަބްދުއްރަޙީމް

STO_Ads
Maldivian_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދީނީ ސިޔާސަތުތައް ތަންފީޒްކުރުމަށް ޚާއްސަ އިސްކަމެއްދެއްވާކަމަށާއި މިކަމުގައި އެންމެހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ “މީޑިއާ މައުރަޒު 2025” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރެވޭ ކަންތައްތައް ފެނުމަކީ ނުވަތަ އަންގައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވާ “މީޑިއާ މަރުރަޒު” ވެގެންދާނީ ވޭތުވެގެންދިޔަ 2 އަހަރުގެ ތެރޭގައި އެވުޒާރާއިން ކުރި ގިނަ ކަންތައްތަކެއް ޖުމްލަކޮށް ހުރިހައި ކަމެއް އާންމުންނާއި ހަމައަށް މީޑިއާއަށް ތިލަވެ އިނގިގެންދާނެ މައުރަޒަކަށްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ދިވެހިންގެ ރާއްޖެ އޭގެ ޒާތުގައި ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަސާސީ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ އިސްލާމް ދީނާއި ގުޅުންހުރި ކަންތައްތައް ދީނީ ސިޔާސަތުތައް ތަންފީޒްކުރުންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިއަދު އުފާކުރަންޖެހޭ ކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދީނީ ކަންތައްތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާތީކަމަށް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

“އޭގެތެރެގައި އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމް ދެވޭ މުބާރާތަކީ ކީރިތި ޤުރުއާންނާއި ބެހޭ މުބާރާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން އެއީ ހަމަ ގައިމުވެސް ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ރައްޔިތުން އުފާކުރަންޖެހޭކަމެއް. މީގެކުރީގައި މި މުބާރާތަކީ އެހާ އަގުބޮޑު އިނާމްތަކެއް ލިބޭ މުބާރާތެއް ނޫން. އެއަށްވުރެ މާ އާދައިގެ މުބާރާތްތަކަށް އެއަށްވުރެ މާ އަގުބޮޑު އިނާމްތައް ލިބިގެންދޭ. އެހެންނަމަވެސް ރައީސް ނިންމެވީ ސައްތައިން ސައްތަ މި މުސްލިމް ދިވެހިރާއްޖޭގައި އެންމެ އަގުބޮޑު އިނާމް ދެވޭ މުބާރާތަކަށް ވާންވާނީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތްކަމަށް. އަދި އެ މުބާރާތުގެ ހާއްސަ ވަނަތައް ހޯދަވާ ފަރާތްތަކަށް ޕީއެޗްޑީއާއި ހަމައަށް ހިލޭ ކިޔެވުމުގެ މަގުވެސް ވަނީ އެމަނިކުފާނު ފަހިކޮށްދެއްވާފައި.” ޢަބްދުއްރަޙީމް ޢަބްދުﷲ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މީޑިއާ މައުރަޒަކީ އެ ވުޒާރާއިން ހާސިލްކުރި ކާމިޔާބީތަކާއި، ކުރި މުހިންމު މަސައްކަތްތަކާއި، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ. މިއީ މި މައުރަޒު ބާއްވާ ދެވަނަ އަހަރެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6145618908455572273

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އަމިއްލަ 2 ކުންފުންޏަކަށް

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި

Eee538fc 6d2a 481c 91b4 8fbebff3935a

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް