ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީން މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް 25،000 އަށްވުރެ ގިނަ މައުލޫމާތު ނަގައިފި

Img Md 202409221237381726990658.7164
STO_Ads
TTH_Ads
Advertisement

“އޮޕަރޭޝަން ކުރަނގި” ނަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 25،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައި ކަށަވަރު ކޮށްފިއެވެ.

މިއަދު މާލޭގައި އެ ހަރަކާތް ފެށިއިރު، ދާހިލީ ސަލާމަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވި، މިއަދު ކުރެވުނު މަސައްކަތުން 1،455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން، އަދި ފޭސިއަލް ރިކޮގްނިޝަން އަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާ ބޭސް އަދާހަމަ ކުރެވިފައިވާ ކަމަށެވެ

އޮޕަރޭޝަން ކުރަނގި ފެށިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މަޢުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ

HajjCop_ads
MMA_Ads
Advertisement

ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ރައީސް ޑރ. މުހަައްމަދު މުއިއްޒު ގައުމާއި މުހާތަބު ކުރެއްވިއިރު، މި އޮަޕަރޭޝަންގައި ވާނީ 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުނު ވާހަކަ އިއުލާން ކުރައްވާފައިވާ ކަމަަށެވެ. އަދި މިދިޔަ ދެ މަސް ތެރޭގައި އިތުރު 15،000 އަށްވުރެ ގިނަ ބިދެސީންގެ މައުލޫމާތު ނެގި މުޅި އޮޕަރޭޝަންގައި 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ނެގިފައިވާ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ. އިތުރަށް ވަޒީރު ވިދާޅުވީ:-

ރައީސުލް ޖޫމްހޫރިއްޔާ ޑރ. މުއިއްޒު ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ އެއްމެހާ ބިދޭސީން މައްސަލައަށް ދާއިމީ އަވަސް ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން މިނިސްޓުރީއިން އިސްނަގައިގެން މި ކުރެވެމުންދާ މަަސައްކަތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި

މީގެ އިތުރުން ވަޒީރު ވަނީ، މި މަސައްކަތުގައި އެ ވުޒާރާގެ އެކިއެކި އުއައްސަސާތަށް، ފޮރިން ލޭބަރ ޑިޕާޓްމެންޓް އިމިގްރޭޝަން، ފުލުހުން އަދި ހޯމް ސެކްޓަރ މުވައްޒަފުންނާއި ކައުންސިލްތަކުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ފާހަގަކުރަައްވާ ޝުކުރު ދަންނަވާފައެވެ. ހަމައެއާއިއެކު އާއްމުރައްޔިތުންނާއި ކުންފުނިތަކުން ލިބެމުންދާ އެއްބާރުލުމަށްވެސް ޝުކުރުވެރިވެފައިއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީއަކު ހިފަހައްޓައިފި

immigration

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ބަރާބަރަށް ފީ ދައްކާ، ބިދޭސީން ގެންނަ ކުންފުނިތަކުގެ ވައިޓް ލިސްޓު އެކުލަވައިލަނީ

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ