ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަކުއްޖަކު ރައީސް އަށް ދިއްކޮއްލި ނޯޓްކޮޅަކަށް ރައީސްގެ ކުއްލި އެކްޝަނެއް

Img 2892
TTH_Ads
STO_Ads
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގއ. ކަނޑުހުޅުދު އަށް ވަޑައިގެން، އާއްމުންނާ ސަލާން ކުރައްވަނިކޮށް އުމުރުން ތިން އަހަރުގެ ކުޑަފިރިހެން ކުއްޖަކު ދިއްކޮށްލީ ނޯޓެކެވެ. ކުޑަކުޑަ އާޔަލް ބިން އަލީ ސައީދު އެ ނޯޓުކޮޅުގައި ލިޔެފައި އޮތީ އޭނާގެ ބައްޕަ މަތިން ނުހަނު ހަނދާންވާ ވާހަކައާއި ޕައްޕައާއި ބައްދަލުކުރަން ވަރަށް ބޭނުންވާވާހަކަ އެވެ. ނުވަތަ “އައި މިސް މައި ޑެޑީ” މިހެން ލިޔެފައި  އެކަރުދާސް ކޮޅު ރައީސްއަށް  ދެއްވިއެވެ. މިކަރުދާސްކޮޅު ރައީސް ކުޑައިރުކޮޅަކަށް ބައްލަވަން ހުރެފައި އަރިހުގައި ހުންނެވި ބޭފުޅަކަށް އިޝާރާތް ކުރައްވައި ކޮށްމެވެސް ވާހަކަައެއް ވިދާޅުވިތަން ފެނުނެއެވެ.

އޭގެ ދޮޅުގަޑިއިރު ފަހުން ފެނިގެންދިޔަޔީ ރަށުގެ ބަދަރަށް ލޯޗެއްކާރި ކޮށްލިމަންޒަރެއެވެ. އެލޯޗުން ފައިބައިގެން އައި ފުލުހަކާއި ދިމާއަށް ނުވަތަ އެކުޑަކުއްޖާ އޭނާގެ ބައްޕަ އާއިދިމާއަށް ދުއްވާފައި ދިޔަމަންޒަރު ފެނިގެންދިޔައެވެ، ހަގީގަތުގައިވެސް އެކުއްޖާގެ ނޯޓްކޮޅަށް ރައީސް ކުއްލި އެކެޝަނެއްނެންގެވީއެވެ.

އެހެނީ، ރައީސް ވަނީ މި އަތޮޅާ ޖެހިގެން އޮންނަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އާޔަލް ގެ ބައްޕައާއި ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދެއްވައިފަ އެވެ.

HajjCop_ads
Advertisement

Img 2887

އެތަނުގައި ހުރެ އާޔަލްގެ މަންމަ އައިޝަތު ހުޒާމާ ބުނީ އެ ކުއްޖާ އާއި ބައްޕައާ ދެމެދު ވަރަށް ވަރުގަދަ އާދަޔާއި ހިލާފްގުޅުމެއް އޮންނަ ކަމަށެވެ. އެހެންވެ، ފިރިމީހާ ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުވުމަށް މަސައްކަތް ކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުންޏެވެ. އަދި މިގޮތަށް ކުރެވުނު ހުރިހާކަމެއްވެސް މީގެކުރިން ކާމިޔާބު ވާގޮތް ނުވުމުން ދެމައިންވެސް ވަރަށްދެރަވެފައިވާކަމަށް ބުނިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hajj umra

ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ: ޚުތުބާ

ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް: ރައީސް

ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި އޮސްޓްރޭލިއާއިން ސޮއިކޮށްފި

ނައްތާލާ ނޫޓުތަކުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭއިން އިފްތިތާޙްކޮށްފި