އީރާނުން ކުވައިތަށް ދިން ޑްރޯން ހަމަލާގައި އިޓަލީގެ ދެ ރައްޔިތުން މަރުވެފައިވާ ކަމަށް އިޓަލީ ސަރުކާރުން ކަށްވަރު ކޮށްދީފިއެވެ
އިޓަލީ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަރުވި ދެމީހުންނަކީ ކުވައިތުގައި ހުންނަ ޖަރުމަނުގެ ދިފާއީ ކުންފުންޏެއްގައި ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތްކުރާ ދެމީހުން ކަމަށެވެ.
ކުވައިތު ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުވައިތުގައި ބަޔަކަށް އަނިޔާވީ އީރާނުން ފޮނުވާލި ޑްރޯން، ކުވައިތު ސިފައިން ހަމަލާދީ ވައްޓާލުމުން އޭގެން ފޭބި ބައިތަކުން ޖެހިފައި ކަމަށެވެ.
ވެއްޓުނު ބައިތަކުން ޖެހިފައި 4 މީހުން ޒަޚަމްވި ކަމަށާއި، ޒަޚަމްވި މީހުންގެ ތެރެއިން އިޓަލީ ދެ ރައްޔިތުން މަރުވެފައިވާ ކަން ކުވައިތު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ކަށަވަރު ކޮށްދީފައި ވެއެވެ.
އީރާނުގެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކުވައިތު ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ ބައނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް، އަދި ކުވައިތުގެ އިސްގްލާލަށް އަރައިގަތުމުގެ އުދުވާނެއް ކަމަށެވެ.
އީރާނުން ހުއްޓާނުލާ ދެމުންގެންދާ މިފަދަ ހަމަލާތަކަކީ، ސަރަހައްދުގެ ހަމަޖެހުމަށް ހުރަސްއެޅި އަދި މަސްރަހް ފިނިކުރުމަށް ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށްވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމެއް ކަމަށް ކުވައިތު ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.
އަދި މިފަދަ އުދުވާނީ ހަމަލާތަކުން ކުވައިތުގެ އިސްތިގްލާލާއި، ސަލާމަތާއި، ރައްކާތެރިކަން ހިމާޔަތް ކުރުމަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު ކުވައިތަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
އީރާނުގެ ހަމަލާގައި އިޓަލީގެ ދެ ރައްޔިތުން މަރުވުމާ ގުޅިގެން ޕޯސްޓް ކުރެއްވި ބަޔާނެއްގައި އީޔޫގެ ވެރިޔާ އުރްސުލާ ވޮން ޑަ ލެޔެން ވަނީ، އަވަށްޓެރި ގައުމުތަކަށާއި، އީޔޫގެ ބައިވެރިންނަށް ދޭ މިފަދަ ހަމަލާތައް ހުއްޓުވަން އީރާނަށް ޕްރެޝަރ އިތުރުކުރަން ގޮވާލައްވާފައެވެ.

އިޝްތިހާރު އިޝްތިހާރު