ހާރިޖީ ވުޒާރާއާއި ގުޅޭ މައުލޫމާތާއި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ދިނުމަށް 'ހާރިޖިއްޔާ ދިވެހީންނާއި ގާތަށް' މިނަމުގައި ހާއްސަ އޯޕަންޑޭއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު މެންދުރުފަހު 3:00 އިން 6:00 އަށް ބާއްވާ މި އޯޕަންޑޭ އޮންނާނީ، އެ ވުޒާރާގެ ގްރައުންޑް ފްލޯގައެވެ. މި އޯޕަންޑޭގެ ތެރެއިން ވިސާއަށް އެދި ހުށަހެޅުމުގެ މަރުހަލާތަކާއި ބޭނުންވާ ޝަރުތުތައް އަދި ވީއެފްއެސް ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ޑެސްކެއް ހުންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.

އަދި ވިސާގެ މައުލޫމާތު ދިނުމަށް ހާއްސަ ޑެސްކެއް ހުންނާނެ ކަމަށް މިޑެސްކުން ކޮންސިއުލަރތަކުގެ މައުލޫމާތާއި ލިޔެކިއުންތައް އެޓެސްޓް ކުރުމުގެ އިރުޝާދާއި ވިސާއާ ގުޅޭ ލަފާ ހޯދުމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ދިވެހި ޒުވާނުންނަށް ހާރިޖީ ވުޒާރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ފަންނީ ގޮތުން ކުރިއެރުން ހޯދުމާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުންވެސް އޯޕަންޑޭގެ ތެރެއިން ކުރިޔަށްދާނެ ކަމަށް ހާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން މި އިވެންޓުގެ ތެރެއިން ކުރިޔަށްގެންދާ އިންޓަރެކްޓިވް ކުއިޒެއްގައި ބައިވެރިވެގެން އެ ވުޒާރާއާއި ގުޅޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.