މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ހ.ގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
މިފުރުސަތު ހުޅުވާލާފައިވަނީ، މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށެވެ.
މި މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- ދިވެހި ރައްޔިތެއް ކަމުގައިވުން
- ޢުމުރުން 30 އަހަރުވެފައިވުން
- ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާސިލްކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ޙާސިލުކޮށްފައިވާ މީހަކަށްވުން
- މީޑިއާގެ މަސްޢޫލުވެރި ފަރާތެއްކަމުގައި ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހަކަށް ނުވުން
- ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ މީހަކަށް ނުވުން
- ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން
- އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން
- ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުން
- ކޮމިއުނިކޭޝަނަށާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ޙިއްސާއެއް އޮތް މީހަކު ކަމުގައި ނުވުން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން އައްޔަން ކުރާ މެމްބަރުންގެ ދައުރުގެ ދިގުމިނަކީ، 5 އަހަރެވެ. މި ޤާނޫނުގެ ދަށުން ވިދިވިދިގެން ނުވަތަ އެ ނޫންވެސް ގޮތަކަށް 2 ދައުރަށްވުރެ ގިނަ ދުވަހު މެމްބަރު ކަމުގައި ނުހުރެވޭނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.