އަދާލަތު ޕާޓީން ޕީއެންސީއާއެކު ކޯލިޝަން ހަދައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ވެރިކަމަށް ގެންނަން ތާއީދު ކުރުމަކީ ރައްޔިތުންގެ ހިތުގައި އެމަނިކުފާނަށް އޮތް ލޯތްބާއި ތާއީދު ހާމަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީ އާއި ޕީއެންސީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ އިސްތިގުލާލަށް ގެއްލުންވާނެ އެއްވެސް ކަމެއް ރައީސް މުއިއްޒު ނުކުރައްވާނެ ކަމަށެވެ.

"އަދާލަތު ޕާޓީން މި ސަރުކާރުގެ ބާކީ އޮތް ދެ އަހަރު ދުވަހަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތާއީދުކުރައްވައި ރައީސް މުއިއްޒާއެކު މަސައްކަތް ކުރުމަށް އެއްބަސްވި އެއްބަސްވުމުން ދޭހަކޮށްދެނީ ދިވެހި ރައްޔިތުންގެ ހިތުގައި ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް އިތުބާރާއި ޔަގީންކަން،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

އަބްދުއްރަހީމް ވަނީ، ހަގީގަތް އޮޅުވާލައި އަމިއްލަ މަސްލަހަތު އިސްކޮށް، ގައުމުގައި ފިތުނަ ފަސާދަ އުފައްދަން ބަޔަކު މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައި، އެއީ ގައުމަށް އިޚްލާސްތެރިވުން ނޫން ކަމަށް ވިދާޅުވެފައެވެ.