ލ. ގަމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ޕްރޮޖެކްޓް ސައިޓުގައި ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ބިން އެއްވަރުކޮށް ޕްރޮފައިލް ކުރުމުގެ މަސައްކަތްތަކާއި، ވެލިއެޅުމުގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢަކީ ލ. ގަމުގެ ގިރަމުންދާ ސަރަޙައްދުތައް ހިމާޔަތްކޮށް، ރަށުގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އިޝްތިހާރު އިޝްތިހާރު

މި މަސައްކަތް ނިމުމުން ގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ ބޮޑު މައްސަލައަށް އެދެވޭ އަވަސް ޙައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. ސަރުކާރުން އަންނަނީ ރަށްރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔަށް ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ޚާއްޞަ އިސްކަމެއް ދެމުންނެވެ.