46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ކުރެހުމުގެ މުބާރާތައް ތަކެތި ހުށަހެޅުމުގެ ފުރުޞަތު މަސްވެރިކަމާއި ދަންޑުވެރިކަމާއި ކަނޑުގެ ވަސީލަތްތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިފަހަރުގެ މުބާރާތުގެ ޝީއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "މަސްވެރި ކަމުގެ ސިނާއަތް ސިންދާފަތު ކުރުމަށް ޒުވާނުންގެ ބައިވެރިވުން" އެވެ. މި ޝިއާރުގެ މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތުގެ މުސްތަގުބަލަށް ޒުވާނުންނަކީ ކިހާ މުހިންމު ބައެއްކަން ފާހަގަކުރުންކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި އެގްޒިބިޝަންނަށް ހުށައަޅާ އާޓްވޯކްތައް ބަހާލެވިފައިވަނީ 3 އުމުރުފުރާއަކަށަށެވެ.
އެގްޒިބިޝަން ބަހާލެވިފައިވާ އުމުރުފުރާތައް
- 12 އަހަރުން ދަށް
- 12 އަހަރުން މަތި
- ބައިނަލްއަޤުވާމީ ބައިވެރިންގެ ދާއިރާ
ބައިނަލްއަޤުވާމީ ދާއިރާ، މި ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން، ރާއްޖޭގެ މަސްވެރިކަމުގެ ސަޤާފަތާއި، މުޖުތަމަޢުތަކާއި، ސަގާފަތާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، ރާއްޖޭގެ މަސްވެރިކަމުގެ ސަގާފަތާއި، ރާއްޖޭގެ ސަގާފަތާއި، ސަގާފަތާއި ދިރިއުޅުމާ ބެހޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި އަލިއަޅުއްވައި، ބޭރުގެ ނަޒަރަކުން ރާއްޖޭގެ މަސްވެރިކަމަށް ބަލައި، މަސްވެރިކަން ކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މުބާރާތަށް ހުށައަޅަން ޖެހޭނީ
1. ކުރެހުމެއް
2. ޕެއިންޓިން
3. ޑިޖިޓަލް އާޓް
4. ސްކަލްޕްޗާ
5. މިކްސްޑް މީޑިއާ
މި މުބާރާތުން ވަނަ ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދާއިރާ އަކުންނަާއި އާޓްވޯކްތަކުގެ ކޮންމެ ވައްތަރަކަށެވެ. މި މުބާރާތުން ވަނަ އަށްދާ ކޮންމެ ފަރާތަކަށް 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މުބާރަތުގައި ބައިވެރިވުމަށް 25 ނޮވެންބަރުގެ 14:00 ކުރިން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އާޓް އެގްޒިބިޝަންގައި ދައްކާލުމަށް ހަމަޖެހިފައިވާ އާޓްވޯކް 6 ޑިސެންބަރުގެ 14:00 ގެ ކުރިން ހަވާލުކުރަންޖެހެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.